ވިޔަފާރި

އަހަރީ ޗުއްޓީގައި ސްރީލަންކަންގެ ޚާއްޞަ ފްލައިޓްތަކެއް އައްޑޫސިޓީއަށް


މިއަހަރުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ގަން އިންޓަރނޭޝަނަލް އެއާރޕޯޓަށް ޚާއްޞަ ދަތުރުތަކެއް ކުރުމަށް ސްރީލަންކަން އެއަރލަންއިންސުން ނިންމައިފިއެވެ.

ސްރީލަންކަން އެއަރލައިނުން އަހަރީ ޗުއްޓީއާ ދިމާކޮށް އައްޑޫސީޓީ ގަމުން ސްރީލަންކާއަށް ފުރަތަމަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ފްލައިޓްގައި ކޮލޮމްބޯއަށް ޓްރާންސިޓް ކުރުމަށްފަހު ލަންކާ މަގުން އިންޑިއާގެ ތްރިވަނަންނަތަޕޫރަމް، ކޮޗިން އަދި ހައިދްރައާބާދަށާއި ބަންގްލަދޭޝްގެ ޑާކާއާއި،މެލޭޝިއާގެ ކުއަލަލަމްޕޫރާއި، އިންޑޮނޭޝިއާގެ ޖަކާޓާގެ އިތުރުން ސިންގަޕޫރަށް ފަސޭހަކަމާއިއެކު ފުރޭނެކަމަށް ސްރީލަންކަން އެއަރލައިނުން ބުނެއެވެ.

އަހަރީ ޗުއްޓީއާ ދިމާކޮށް ސްރީލަންކަން އެއާލައިނުގެ ދެވަނަ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 8 ވަނަ ދުވަހުއެވެ. އެ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ސްރީލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ތްރިވަނަންތަޕޫރަމާއި، ކުއަލަލަމްޕޫރާއި، ސިންގަޕޫރާއި، ބެންކޮކާއި ހައިދްރައާބާދަށްވެސް ތާވަލް ދަތުރު ކުުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ސްރީލަންކަން އެއަރލައިނުން ބުނެއެވެ.

އަހަރީ ޗުއްޓީއާ ދިމާކޮށް ސްރީލަންކަން އެއަރލައިންއިން އައްޑޫސިޓީއިން ދަތުރުކުރާ މަންޒިލްތަކަކީ ދިވެހިން ޢާންމު ގޮތެއްގައި ޗުއްޓީއަށާއި، ބޭސްފަރުވާއަށާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް ދަތުރުކުރާ މަންޒިލްތައްކަން ފާހަގަ ކުރެވެއެވެ.