ޚަބަރު

ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވައިޓްއެލާޓް ނެރެފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް އަތޮޅު ތަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށް ވައިޓްއެލާޓް ނެރެފިއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 11:15 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށް ކަމަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި 45 މޭލައް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށާ، އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން އެދެވިގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.