ޚަބަރު

ސީއައިޓީއީ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޗެންގްޑޫ އިންޓަރނޭޝަނަލް ޓޫރިޒަމް އެކްސްޕޯ، ސީއައިޓީއީ 2018 ގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ހުޅުވާލައިފިއެވެ.

މިއެކޮސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށްވަނީ ހުޅުވާލާފައެވެ. ސީއައިޓީއީ އެކްސްޕޯ ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު އެއްވަނަ ދުވަހާއި ހަމައަށެވެ. އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ހުޅަނގުގައި އޮންނަ ޗެންގްޑޫ ސިޓީގައެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ބޭނުންވާ ފޯމާއި އިތުރު މައުލޫމާތު އެ އެސޯސިއޭޝަން ގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް މަޓާޓޯއިން ބުނެއެވެ.

މިއީ ސީއައިޓީއީ އެކްސްޕޯ ބާއްވާ 6 ވަނަ އަހަރެވެ. 2012 ވަނަ އަހަރުން ފެށިގެން މި އެކްސްޕޯއަކީ ހުޅަނގު ޗައިނާގައި ޓޫރިޒަމްގެ ދާއިރާގައި ފާހަގަކޮށްލެވޭ އެކްސްޕޯއެކެވެ. ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.