ޚަބަރު

އޯއީސީއެމްގެ ކެނޑިޑޭޓަކަށް ކްރޮސްރޯޑް މޯލްޑިވްސް


  • ތައިލެންޑްގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ މަގާމެއް ލިބުނު ފުރަތަމަ ފަހަރު

'އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް' (އޯއީސީއެމް) ގެ ކެނޑިޑޭޓެއްގެ ގޮތުގައި ކްރޮސްރޯޑް މޯލްޑިވްސް ކަނޑައަޅައިފިއެވެ. ކްރޮސްރޯޑް މޯލްޑިވްސްއަކީ އޯއީސީއެމް ކެނޑިޑޭޓެއް ކަމަށް ކަނޑައެޅީ ތައިލޭންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުންނެވެ.

އޯއީސީއެމްއަކީ އދގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގައިވާ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތްކުރާ ތަންތަނެވެ. އޯއީސީއެމްތަކަކީ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އާންމުންގެ ޖަމާއަތްތައް ފަދަ ތަފާތު އެކި ހިއްސާދާރުން ބަލަހައްޓަމުންދާ ތަންތަނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ތައިލޭންޑްގެ ގްރޫޕް އޮފް ސިންހާ އެސްޓޭޓްގެ ދަށުން ހިންގަމުންދާ ތަނެކެވެ. މިއީ ތައިލެންޑްގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ ޝަރަފްވެރި މޭލުދަނޑިއެއް ހާސިލްކުރެވިފައިވާ ފުރަތަމަ ފަހަރެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ގަވައިދުތަކުގެ ދަށުން އޯއީސީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެންޑް ޕްރެޒަވޭޝަން އެކްޓްއާއި އޭގެ ދަށުން ހިމެނޭ ގަވައިދުތަކުގެ ތެރެއިން ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ވެގެންނުވާނެއެވެ. އެ ސަރަހައްދަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓަމުންދާ ސަރަހައްދަކަށް ވާންޖެހެއެވެ.

ކްރޮސްރޯޑް މޯލްޑިވްސް ސަރަހައްދު މީގެކުރިން ވަނީ ބަޔޯޑައިވާސިޓީ އޭރިއާއެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ. އޯއީސީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ކްރޮސްރޯޑް މޯލްޑިވްސް ކަނޑައެޅިގެން ދިއުމަކީ މި މަޝްރޫއިން އާންމު މުޖުތަމައުއާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މެރިން އިކޯސިސްޓަމް ރައްކާކުރަން ދެމުން އައި އިސްކަމާއި ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއްކަމަށް ކްރޯސްރޯޑް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.