ޚަބަރު

ކުރިއަަށްއޮތް 24 ގަޑިއިރުވެސް ވިއްސާރަވާނެ - މެޓް އޮފީސް


ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓްއޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށާ، ރާއްޖޭގެ މެދުތެރޭގެ ސަރަޙައްދުގެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓްއޮފީހުން ބުނެއެވެ. އަފި ދެކުނާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވިނަމަވެސް ރަށަކަށް އަދި މީހަކަށްވެސް ބޮޑު ގެއްލުމެއް ވީކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އިން މައުލޫމަތުދެއެވެ.