ޚަބަރު

46 ޤައުމަކުން 250 ކުންފުންޏަކާއެކު ހޮޓެލް އޭޝިޔާ އެގްޒިބިޝަން އަންނަ މަހު ފަށަނީ


ހޮސްޕިޓަލިޓީ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއަރ ހޮޓެލް އޭޝިޔާ އެގްޒިބިޝަން އަންނަ މަހުގެ ނުވަޔަކުން ބާރައަށް ދަރުބާރުގޭގައި ފަށާނެއެވެ.

މިއަހަރުގެ ހޮޓެލް އޭޝިޔާ އެގްޒިބިޝަންގައި 46 ޤައުމަކުން 250 ކުންފުންޏަކުން ދެހާސް ބްރޭންޑް ދައްކާލާނެއެވެ.

ދެހާސްވަނަ އަހަރުން ފެށިގެން ބާއްވަމުންއަންނަ ހޮޓެލް އޭޝިޔާ އެގްޒިބިޝަނަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަތަކަށް ޙާއްސަކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ. މި ފެއަރގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ހޮސްޕިޓަލިޓީ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ބަދަހި ގުޅުމެއް އުފެއްދުމެވެ.

ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2018 ކުރިއަށްދާނީ އެގްޒިބިޝަނަކާއި ކަލިނަރީ ޗެލެންޖަކާއެކުކަމަށް މިއަހަރުގެ އެގްޒިބިޝަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ހޮޓެލް އޭޝީޔާ އެގްޒިބިޝަނަކީ މި ސަރަހައްދުގައި ބާއްވާ ކާބޯތަކެއްޗާހޭ އެންމެބޮޑު އެގްޒިބިޝަނެވެ. މިއަހަރުގެ އެގްޒިބިޝަންގައި 180 ސްޓޯލް ހުންނާނެއެވެ.

މިއަހަރުގެ ހޮޓެލް އޭޝިޔާ އެގްޒިބިޝަން އިންތިޒާމްކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސްގެ ފަރާތުންނެވެ. މި އެގްޒިބިޝަން ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއާއި ބެސްޓްބައި މޯލްޑިވްސްގެ ފަރާތުން ވަނީ އެންޑޯޒްވެސް ކޮށްފައެވެ.