އަތޮޅުތައް

ޚާއްޞައެހީއަށް ބޭނުންވާ ބ. އަތޮޅުގެ 16 މީހަކަށް އެންސްޕާއިން ފޮރޮޅުލީ ގޮނޑި ހަދިޔާކޮށްފި


ބ. އަތޮޅުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތަކަށް އެންސްޕާ އިން ފޮރޮޅުލީ ގޮޑި ހަދިޔާކޮށްފިއެވެ.

މިއީ މިދިޔަމަހުގެ ތެރޭގައި ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެކަމަނާ އަރިހުގައި އެފަރާތްތަކުން އެދުނު އެދުމުގެ މަތިން އެކަމަނާ މެދުވެރިވެ ހޯއްދަވައިދެއްވި ގޮނޑިތަކެއް ކަމަށް އެންސްޕާއިން ބުނެއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ކުރިއަށްގެންދަވާ އެންމެ ގާތުން ކެމްޕޭންގެ ދަށުން ބ. އަތޮޅަށް މިދިޔަމަހު ޒިޔާރަތްކުރައްވާ ބ. އަތޮޅުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ، ބައްދަލުކުރައްވާ އެއަތޮޅުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބައްދަލުކުރައްވަ އެމީހުންގެ ޙާލުއޮޅުންފިލުއްވިއެވެ.

އެންސްޕާއިން ގޮނޑި ޙަވާލުކޮށްފަވަނީ ދަރަވަންދޫ، ދޮންފަން ކުޑަރިކިލު، ކެންދޫ، ކަމަދޫ، ފެހެންދޫގެ އިތުރުން ތުޅާދުއާއި އޭދަފުށީގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެތެރެއިން އެކަމަށް އެދުނު 16 ފަރާތަކަށެވެ. މީގެ އިތުރުންވެސް ބ. އަތޮޅުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ޢާއިލާތަކަށް މިހާރުވެސް ރައީސްގެ އަނބިކަނަބަލުން ފާޠިމަތު އިބްރާހިމް ދަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.