ޚަބަރު

ޕީޕީއެމްއިން ހުޅުމާލޭގައި މޫދު ކުޅިވަރުގެ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި


ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ޢާންމުކޮށް ހުޅުވާލައިގެން މޫދު ކުޅިވަރުގެ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި ހުންނަ ރައީސް ޔާމީން ކެމްޕޭން އޮފީހުން އިސްނައިގެން ހިންގި މިޙަރަކާތަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް މިކަން އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.
''ވަން ފެސްޓް'' ގެ ނަމުގައި އާންމުކޮށްގެން ހުޅުވާލައިގެން ބޭއްވި މޫދު ކުޅިވަރު ޙަރަކާތުގައި، ޖެޓް ސްކީ ދުއްވުމާއި، ސްޓޭންޑްއަޕް ޕެޑަލް، ކެނޯ ބޯޓު ދުއްވުމާއި، ވާ ދެމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސްވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭ ރައީސް ޔާމީން ކެމްޕޭން އޮފީހުގެ ފަރާތުން މިޙަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު މުޙައްމަދު ނިޝާން ބުނީ، އިޖުތިމާޢީ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން ކުރިއަށް ނެރުމުގެ މަޤްސަދުގައި ހިންގި މި ޙަރަކާތަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބުނުކަމަށާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މުޅިން ހިލޭ ކަމަށެވެ.

އެއްދުވަހުގެ މުއްދަތަށް ހިންގި ޙަރަކާތުގައި ގިނަ ޢަދަދެއްގެބަޔަކުވަނީ ބައިވެރިވެފައި.