ޓުއަރިޒަމް

އެންމެ ފާހަގަކުރެވޭ ސޭލްސް އެންޑް މާރކެޓިން ތަޖުރިބާކާރުންގެ ލިސްޓު އިއުލާންކޮށްފި


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސޭލްސް އެންޑް މާރކެޓިންގ ތަޖުރިބާކާރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 20 ފަރާތް ކޯޕަރޭޓް މޯލްޑިވްސްއިން އިޢުލާންކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސޭލްސް އެންޑް މާރކެޓިން ތަޖުރިބާކާރުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ 20 މީހުންގެ ލިސްޓް ކޯޕަރޭޓް މޯލްޑިވްސްއިން އިޢުލާންކޮށްފައިވަނީ ގިނަ ކުންފުނިތަކެއްގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ މަސައްކަތް ބެލުމަށްފަހުއެވެ. މިގޮތުން ސޭލްސް އެންޑް މާރކެޓިންގެ އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާކާރުން ހޮވާފައިވާއިރު، މީގެތެރެއިން އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށްއިސްކަން ދީފައިވެއެވެ.

މިފާރާތްތަކުގެ ތެރޭގައި ހެރިޓަންސް އާރަށް އަދި އަދާރަން ރިޒޯޓްސްގެ ސުރޭޝް ދިސަނާޔަކަ، ވިލާހޮޓެލްސް އެންޑް ރިޒޯޓްސްގެ މުޢާވިޔަތު ޢުމަރު، ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެންޑް އަނަންތަރާ ދިގުވެލީގެ އެދީތާ ޕެސްކޯ، ކްރައުން އެންޑް ޗަންޕާ ރިޒޯޓްސްގެ އަޙްމަދު ޝާހީން، ޔުނިވާރސަލް އެންޓަރޕްރައިޒަސްގެ ވިޝާ މާހިރު، ސްޕްލެންޑިޑް އޭޝިޔާގެ އަޙްމަދު އަބްރާރު، ކަނުހުރާ މޯލްޑިވްސްގެ އަމްޖާދު ތައުފީޤް، އަމިއްލަ ފުޝި މޯލްޑިވްސް އެންޑް ފިނޮޅު ބާ އެޓޯލްގެ ނަބީލް އަބުދުﷲ، ހުވަފެން ފުށި މޯލްޑިވްސް ނުއާސް މުހައްމަދު، އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ދިނޭޝް ބާސްކަރް، ދި ސެއިންޓް ރީޖެސް މޯލްޑިވްސް ވޮއްމުލި ރިޒޯޓުގެ ޢަލީ ނިހާދު، ވެލާ އައިލެންޑް ރިޒޯޓުގެ އިބްރާހީމް އިނާދު، ހޮޓެލް ޖެންގެ ޝަފިއްޔާ ސްޓެއިންހިލްބާ، ކަޑިމަ މޯލްޑިވްސްގެ ރިފާ ސަޢީދު، އިންޓުއަރ މޯލްޑިވްސްގެ ހަމްޒާ ސައީދު، ކޮކޯ ކަލެކްޝަންގެ ޝަފާ ސަބީރު، ފުޝިފަރު މޯލްޑިވްސްގެ އަނޫޝާ ޒުބައިރު، ކޮކޫން މޯލްޑިވްސްގެ ތޯހާ އަލީ އަދި ވޮޔެޖަސް މޯލްޑިވްސްގެ ވިރާޖް ސިލްވާ ހިމެނެއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދޭ ރިސޯޓު ހޮޓާފަދަ ތަންތަނުގައި ސޭލްސް އެންޑް މާރކެޓިންގެ ދާއިރާއިން އިއްސަފުގައި އިންޤިލާބީ މަސައްކަތްތަކެއް ކުރަމުންދާ ފަރާތްތައް ދެނެގަތުމުގެ ގޮތުން ކޮންމެ އަހަރު ނެރޭނެ ލިސްޓެއްކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.