ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅި ސަރަޙައްދު ޢާއްމުންނަށް ހުޅުވާލަނީ


ބްރިޖާއި ގުޅިގެން ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް ބަންދުކޮށްފައި އޮތުމަށްފަހު އެސަރަޙައްދުގެ މަސައްކަތް ނިންމައި އަންނަ ބުރާސްފަތި ދުވަހު އެމަގު ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަމާނީ ފެންވަރަށް ހެދުމަށް ބަންދުކުރި ބޮޑުތަކުރުފާނު މަގު ގައި މިހާރުކުރިއަށްދަނީ ރޯޑް މަރކިންގ ނުވަތަ މަގުގައި ކުރަހަންޖެހޭ ނިޝާންތަކައި ރޮނގުތައް ކުރެހުމުގެ މަސައްކަތްތަކާއި މަގުގައި ހަރުކުރާ ބޮކިތަކުގެ ބުޑު އެޅުމުގެ މަސައްކަތާއި ބޮޑުތަކުރުފާނުމަގާއި ގުޅޭ ހުރަސް މަގުތަކާއި ގުޅުވާލުމުގެ މަސައްކަތްތައްކަމަށެވެ.

މިމަސައްކަތްތައް ނިންމައި އަންނަ ބުރާސްފަތި ދުވަހު ބޮޑުތަކުރުފާނުމަގު ޢާއްމުނަށް ހުޅުވާލާނެކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިޑާޅުވެފައިވެއެވެ. ސިނަމާލެ ބްރިޖާއި ގުޅިގެން އެެސަރަޙައްދުގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބްރިޖް ހުޅުވުމާގުޅިގެން އަންނާނެކަމަށް ލަފާކުރެވޭ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށްޓަކާ މިހާރުވަނީ މޫންލައިޓްމަގާއި ހިތިގަސްމަގުފަދަ މަގުތަކަށް ބަދަލުގެނެސްފައެވެ.

މިމަގުތަކަށް ބަދަލުގެނެސްފައިވާއިރު "ރިންގްރޯޑް"ގެ ދަށުން ވަނީ ހުޅުމާލެއަށް ދާ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް މަގު ފުޅާކޮށް ތާރުއަޅައި ޒަމާނީފެންވަރަކަށް ހަދާފައެވެ.