ޚަބަރު

"ރައްޔިތުން ބްރިޖު ވެދުމާ ދިއުން" މިއަދު ހަވީރު 4 ޖަހާއިރު


ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވުމަށްފަހު އާންމުންނަށް ފުރަތަމަފަހަރަށް ބްރިޖަށް އެރުމުގެ ފުރުޞަތު މިއަދު ލިބިގެން ދާނެއެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން "ރައްޔިތުން ބްރިޖަށް ވެދުމާ ދިއުން" މި ނަމުހައި ޚާއްޞަ ހަރަކާތެއް މިއަދު ހަވީރު އޮންނާނެއެވެ .މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތެރެއްޖަހާއިރު، ދަރުބާރުގެ ކައިރިންނެވެ.

ޤައުމީ ހަރަކަތެއްގެ ގޮތުން ކުރިއަށްގެންދާ މިހަރަކާތުގައި ފެއްސާ ރަތާ ހުދުގެ ޤައުމީ އަދި ސަޤާފީ ހެދުން ލުމަށް މިހަރަކާތް ހިންގާ ފަރާތުން ވަނީ އިލްތިމާސްކޮއްފައެވެ. ޗައިނާއާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް ރަމްޒުކޮއްދޭ ސިނަމާލެ ބްރިޖް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ. އެގޮތުން ރައީސްގެ އަނބިކަނަބަލުންނާއިއެކު ފުރަތަމަ ބްރިޖްއަށް އެރުމަށް ހަމަޖެހިފައިވަނީ ޚައްސަ އެހީއަށް ބޭނުންވާ ކުދިންނާއިއެކުގައެވެ.

އާންމުންނަށް ފޮޓޯނެގުމާއި ވީޑިއޯ ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މިހަރަކާތުގައި ތަފާތު އައިޓަމްތަކެއް އެކުލެވިގެންވާކަމަށް މި ހަރަކާތް އިންތިޒާމުކުރާފަރާތްތަކުން ބުނެއެވެ.
އާންމުންނަށް ފޮޓޯނެގުމާއި ވީޑިއޯ ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މިހަރަކާތުގައި ތަފާތު އައިޓަމްތަކެއް އެކުލެވިގެންވާކަމަށް މި ހަރަކާތް އިންތިޒާމުކުރާފަރާތްތަކުން ބުނެއެވެ.