ޚަބަރު

މުޅި މާވަށު ރައްޔިތުން ނުކުމެ ޑރ. ޝަހީމަށް ހޫނު މަރުޙަބާއެއް


ރައީސް ޔާމީންގެ ރިޔާސީ ކެމްފެއިނަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ލ. މާވަށަށް ވަޑައިގަތުމުން އެރަށު ގިނަ ޢަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. ޝަހީމް މާވަށަށް ވަޑައިގެންނެވިއިރު އެރަށު ބަނދަރު ސަރަހައްދު އޮތީ ފިޔާތޮށި ކުލައިން ޖަރީކޮށްލާފައެވެ. އަދި ޑރ.ޝަހީމަށް މަރުހަބާ ދެއްނެވުމަށް މާފަށުގެ ދެ ޖިންސްގެ އެކި އުމުރާފުރާތަކުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އޮތީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ޑރ. ޝަހީމަށް މަރުޙަބާ ދަންނަވަން ނުކުމެތިބި މާވަށު ރައްޔިތުން ވަނީ ސަރުކާރަށް ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން އެރަށު ރައްޔިތުން ބުނަމުން ދިޔައީ ފޮޓޯ އެޑިޓް ކޮށްގެން ބޮޑު މަންޒަރު ދައްކަން އުޅޭ އިދިކޮޅު ފަރާތްތަކަށް ބޮޑު ފަޅިއަކީ ކޮބައިކަމާއި ބޮޑު މަންޒަރަކީ ކޮބައިކަން ފެންނާނެ ކަމަށާއި، މާވަށު ރައްޔިން ތިބީ މިސަރުކާރު ފަޅީގައި ކަމަށެވެ.

ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ މާވަށު ރައްޔިތުން ބުނީ ރައްޔިތުން އެދޭ ގޮތަކީ ކޮބައިކަމާއި ބޮޑު ފަޅިއަކީ ކޮބައިކަން އަދި ބޮޑު މަންޒަރު ދައްކާލާނީ އިންތިހާބުގެ ނަތީޖާއިން ކަމަށެވެ. އެގޮތުން މާވަށު ރައްޔިތުން ތާއީދު ކުރަނީ ކޮން ފަރާތަކަށްކަން އިންތިހާބުގެ ނަތީޖާއިން ދައްކާލާނެ ކަމަށް އެ ރައްޔިތުން ބުންޏެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ޑރ. ޝަހީމާއި އެމަނިކުފާނުގެ ޓީމަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.