ޚަބަރު

"އަރބަން އިނޮވޭޝަން ޗެލެންޖް"ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


"އަރބަން އިނޮވޭޝަން ޗެލެންޖް" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

"އަރބަން އިނޮވޭޝަން ޗެލެންޖް"އަކީ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއި، ޔޫއެންޑީޕީ މޯލްޑިވްސް އަދި އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކުރާ ސްމާރޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. މި ޙަރަކާތުގައި ބައިވެރިވުމަށް މިހާރު ކަނޑައަޅާފައިވާ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

މި ޙަރަކާތްތަކުގައި ހުޅުމާލޭގައި ދިމާވެފައިވާ އެކި ބާވަތުގެ ގޮންޖެހުންތަކަށް ބަލައި، ކޮންމެ ގޮންޖެހުމަކާ ގުޅޭގޮތުން ވަކިވަކި ތީމްތައް ހަދާފައިވާނެކަމަށް ޔޫ.އެން.ޑީ.ޕީން މައުލޫމާތު ދެއެވެ. "އަރބަން އިނޮވޭޝަން ޗެލެންޖް" ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު ބައިވެރިން ގެ މެދުގައި މަޝްވަރާކޮށް، ބިނާކުރުވަނިވި ޙައްލުތައް އެކަންކަމަށް ހޯދުންކަމަށް ޔޫއެންޑީޕީން މައުލޫމާތުދެއެވެ.

"އަރބަން އިނޮވޭޝަން ޗެލެންޖު"ގައި ބައިވެރިވެވެނީ ޢުމުރުން 15 އަހަރާއި 21 އަހަރާއި ދެމެދުގެ މީހުންނަށާއި ކުދިންނަށެވެ.