ޚަބަރު

ހުޅުމާލޭގައި ޢީދުގެ ކުލަގަދަ ހަރަކާތްތަކެއް


ހުޅުމާލޭގައި އަޟްހާ ޢީދު ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތެއްކެ ކުރިއަށްގެންގޮސްފިއެވެ.

އަޟްހާ ޢީދުގެ ހަރަކާތްތަށް ހުޅުމަލޭގައިވެސް ފަށައިފައިވަނީ ޢީދުނަމާދުންނެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވާއިރު، ހުޅުމާލޭގައި އަލަށް ހުޅުވި މަސްޖިދުލް ވާލިދައިންގައި ޢީދު ނަމާދު ކުރެއްވީ ރައީސް ޔާމީންގެ ރަނިންގްމޭޓް ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ. އީދު ނަމާދަށްފަހު ޑރ. ޝަހީމްވަނީ ޢާންމުންނާ ބައްދަލުކުރައްވައި ހުޅުމާލޭ ރައްޔިތުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

މި އަހަރުގެ އަޟުހާ ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގައި އުޟުހިޔާ ކަތިލުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެކި ޢުމުރުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަރަކާތް ފައްޓަވާދެއްވާފައިވަނީވެސް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަޟްހާ ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭ ޢާންމުންގެ މެދުގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ފެންކުޅި ހަރަކާތްތަކަށެވެ. ފެންކުޅީގެ ހަރަކާތްތަކާއެކު ޑީޖޭއާއި ޒުންބާގެ ހަރަކާތްތަކެއްވެސް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.