ޚަބަރު

އދ ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ


އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެއެވެ.

އިންސާނީ އެހީ ފޯރުކޮއްދިނުމުގެ ދާއިރާއިން ނޯބަލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ކޯފީ އަނާން ޢުމުރުފުޅުން 80 އަހަރުފުޅުގައި މިއަދު ވަނީ އަވަހާރަވެފައެވެ. ކޯފީ އަނާންގެ ޢާއިލާގެ ފަރާތުން ބުނެފައިވަނީ ކޯފީއަނާން އަވަހާރަވެފައިވަނީ އަލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ކޯފީ އަނާންވަނީ 1997 ވަނަ އަހަރުން 2006 އަށް އދ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވައި، ފުރަތަމަ ފަހަރަށް މި މަޤާމު ފުރުއްވި ކަޅު ނަސްލުގެ ބޭފުޅާކަމުގައި ވެވަޑައިގެންފައެވެ. އދގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގެ އިތުރުން އދއިން ސީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބުގެ މަޤާމާއި އެ ޖަމިއްޔާގެ ސެކިއުރިޓީ ކޯޑިނޭޓަރގެ މަޤާމުވެސް ކޯފީ އަނާން ވަނީ ފުރުއްވާފައިވެއެވެ.