ކުޅިވަރު

މިއީ ޔުވެންޓަސް އަށް ދާންވީ ވަގުތެއްނޫން: މާސެލޯ


މި ވަގުތަކީ އިޓަލީގެ ޔުވެންޓަސް އަށް އޭނާ ދާންވީ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް ރެއާލް މެޑްރިޑުގެ ވާތުބެކް މާސެލޯ ބުނެފިއެވެ.

އޭނާ މިހެން ބުނީ ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވާތީ މާސެލޯވެސް އެ ޓީމަށް ހިނގައިދާނެ ކަމަށް ވާހަކަ ދެކެވޭތީ ނޫސްވެރިން ސުވާލު ކުރުމުންނެވެ. މާސެލޯ އާއި ރޮނާލްޑޯ އަކީ ވަރަށް ގާތް ދެ މީހުންނެވެ. އަދި މާސެލޯ އޭނާއާއެކު ކުޅެން ޔުވެންޓަސްއަށް ބަދަލުވުމަކީ ރޮނާލްޑޯވެސް އެދޭ ގޮތެކެވެ.

"މިއީ އެވާހަކަ ދައްކަންވީ ވަގުތެއްނޫން. އަހަރެން މިހުރީ ރެއާލް މެޑްރިޑުގެ ކޮންޓްރެކްޓްގައި. އަހަރެން ރެއާލް މެޑްރިޑަށް ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރާނަން،" ޔޫރަޕިއަން ސުޕަ ކަޕްގައި މިރޭ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މާސެލޯ ބުންޏެވެ.

ބްރެޒިލްގެ ވާތު ބެކް މާސެލޯއަކީ މިހާރު ރެއާލްގެ ވައިސް ކެޕްޓަންވެސްމެއެވެ. އޭނާ އެކުލަބާ ގުޅުނީ 2007 ގައެވެ.