ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް ބަދަހި ގުޅުމުން ގިނަ ފައިދާތަކެއް ރާއްޖެއަށް ކޮއްފައިވާކަމަށާއި، މި ފައިދާތަށް އެކިދާއިރާތަކުން ފުޅާވެގެން ގޮސްފައިވާކަމަށް ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން ޑރ.ޢަލީ ޝާހިދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރުން ނޭޝަނަލް ޑްރަގް އެޖެންސީއަށް އަލަށް ހަދިޔާކުރި ވެހިކަލާ ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޑރ.ޢަލީ ޝާހިދު މުޙައްމަދު ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް ބާރުކަމުގައި ވާއިރު، އެ ޤައުމުން ރާއްޖެއާމެދު ބަހައްޓާ ގާތްކަމާމެދު އެންމެހާ ދިވެހިން އުފާކުރަން ޖެހޭކަމަށެވެ.
ނޭޝަނަލް ޑްރަގް އެޖެންސީގައި ބޭއްވި ރަސްމިއްޔާތެއްގައި ވެހިކަލް ހަވާލުކުރުމުގެ އެގްރިމެންޓްގައި ޗައިނާ ސަރުކާރުގެ ފަރާތުން ޗައިނާގެ އެމްބަސަޑަރު ޒާންް ލީ ޒޮން ސޮއިކުރައްވާފައިވާއިރު ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެ އޭޖެންސީގެ ސީއީއޯ ހަސަން ޝަހީލެވެ.