ޚަބަރު

އުދަ އަރާފާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އެލަރޓެއް ނެރެފި


ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ހެދުނު ދިހައަކުން މާދަމާ ހެދުނު ދިހައަކަށް ނެރިފައިވާ ވެދަރ އެލަރޓްގައެވެ. މެޓުން ބުނީ މިއީ އާދައިގެ މަތިން ކޮންމެ މަހަކުވެސް ދިޔަވަރު ބޮޑުވާ ދުވަސްވަރު ބައެއް ރަށްރަށަށް އުދައަރާނެތީ އެކަމަށް ސަމާލުވުމަށް ނެރެފައިވާ އެލަރޓެއްކަމަށެވެ. މިގޮތުން މެޓުގެ އެލަރޓްގައިވަނީ އެކި ޞަރަޙައްދުތަކުގައި ދިޔަވަރު ބޮޑުވާ ގަޑިތައް ހާމަކޮށްފައެވެ.

ދިޔަވަރު ބޮޑުވާނެކަމަށް މީޓިއޮރޮލޮޖީން ލަފާކޮށްފައިވާ ގަޑިތައް :

އުތުރު: 1331
މެދުތެރެ:1418
ދެކުނު: 1450

މެޓުން ޢާއްމުކުރި އެލަރޓްގައި ރާއްޖޭގެ ހުރިހާ ޞަރަޙައްދެއްގެ މޫސުން ރަނގަޅުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގަކަމަށްވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.