ޚަބަރު

ޕެރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ތަހުނިޔާ ވިދާޅުވެއްޖެ


ރިޕަބްލިކް އޮފް ޕެރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު އާސިމް، ރިޕަބްލިކް އޮފް ޕެރޫގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ހިޒް އެކްސަލެންސީ ނެސްޓޯރ ޕޮޕޮލީޒިއޯ ބާރޑަލެސްއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު މެސެޖުގައި، ޕެރޫގެ ސަރުކާރާއި ރައްޔިތުން މިނިވަންދުވަސް ފާހަގަ ކުރަމުން ދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ޕެރޫގެ ސަރުކާރަށާއި ރައްޔިތުންނަށާއި މިނިސްޓަރަށް ވަނީ އަރިސްކުރައްވާފައެވެ.
މީގެ އިތުރުން، ޕެރޫގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، މުސްތަޤުބަލުގައި އިތުރު ކާމިޔާބީތަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.