ޚަބަރު

ހުޅުމާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފި


ހުޅުމާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ޙަމަލާދިން މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު ކަމަށެވެ. އެހެންނަމަވެސް މިމައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، ހުޅުމާލޭގައި 29 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމާއި، ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ބުރައްކަށްޓަށް ތޫނު އެއްޗަކުން ޙަމަލާ ދީފައިވާ ކަމަށާއި އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

ހުޅުމާލޭގައި ރޭވެސް ޒުވާނަކަށް ތޫނު ޙަމަލާދިފައިވާއިރު، އޭނާއަށް އަދިވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.