ޚަބަރު

ރާއްޖެއާއި ނޯވޭއާ ދެމެދު ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކޮށްފި


ތިމާވެއްޓާއި، ތަޢުލީމީ ދާއިރާއިން ރާއްޖެއާއި ނޯވޭއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު އާސިމް ނޯވޭގެ ސަފީރު މރ. ތޮރްބްޔުރން ގައުސްތަދްސާތަރއާ މަޝްވަރާކުރައްވައިފިއެވެ.

ރާއްޖެއާއި ނޯވޭއާ ދެމެދު ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރެއްވީ މިނިސްޓަރ އާސިމްއާއި ނޯވޭ ސަފީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ނޯވޭ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކަނޑުތަކުގެ ދިރުން ރައްކާތެރިކުރުމާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.