ކުޅިވަރު

މޮޅު ކީޕަރުގެ މަޤާމު ކޯޓުއާއަށް، ފެއާޕްލޭ އެވޯޑް ސްޕޭނަށް


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަޤާމު ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާއަށް ދީފިއެވެ.

ރަޝިޔާގައި ރޭ ނިމުނު މުބާރާތުގައި އޭނާ ވަނީ ބްލެޖިއަމަށް މުބާރާތުގެ ތިން ވަނަ ހޯދައިދިނުމަށް މޮޅު ކުޅުމެއް ދައްކައިފައެވެ. މި މަޤާމަށް އޭނާއާ އެންމެ ގާތުން ވާދަކުރީ ކްރޮއޭޝިޔާގެ ކީޕަރު ސުބަސިޗާއި ޗެމްޕިއަން ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސްއެވެ.
ޗެލްސީގެ ކީޕަރު ކޯޓުއާ ވަނީ މުބާރާތުގައި ހަތް މެޗު ކުޅެ 27 ސޭވް ކޮށްފައެވެ.

މުބާރާތުގެ ފެއާޕްލޭ އެވޯޑް ދީފައިވަނީ ދެ ވަނަ ބުރުން ކެޓި ސްޕޭނަށެވެ. އެ ޓީމަށް ދައްކާފައިވަނީ އެންމެ ރީނދޫ ކާޑެވެ.