ޚަބަރު

ޔޫއެންޑީޕީއޭ ގެ އޭޝިއާ ޑިވިޝަންގެ ޑިރެކްޓަރ ފޮރިން ސެކެޓްރީއާ ބައްދަލްކުރައްވައިފި


އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒް، (ޔޫއެންޑީޕީއޭ) ގެ އޭޝިއާ ޑިވިޝަންގެ ޑިރެކްޓަރ، މަރީ ޔަމަޝިތާ ރާއްޖޭގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރާ ބައްދަލްކުރައްވައިފިއެވެ.

މިބައްދަލްވުން ކުރިޔަށް ގެންގޮސްފައިވަނީ ޔޫއެންޑީޕީއޭގެ ޔަމަޝިތާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީ އޮފީހުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ޔަމަޝިތާ ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންނާ، ސިޔާސީ ޕާޓީތަކާ އަދި ސިވިލް ސޮސައިޓީގެ އޮފިޝަލުންނާ ބައްދަލްކުރުމަށް ހަމަޖެހިފައިވެއެވެ.