ޚަބަރު

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ތުރުކީވިލާތަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ޙަސިއްޔަތުން ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ތުރުކީވިލާތަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ ޑރ.އާސިމްގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ރަޖަބް ޠައްޔިބު އުރުދުޣާން ރިއާސީ އައު ދައުރަކަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މިދިޔަ ޖޫންމަހުގެ ފަހުކޮޅު ބޭއްވި ތުރުކީވިލާތުގެ ތާރީޚީ ރިޔާސީ އަދި ޢާއްމު އިންތިޚާބު ފުރަތަމަ ބުރުން މިހާރުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވާފައިވަނީ 55 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

ހުޅަނގުގެ ބާރުތަކުގެ އިއްތިހާދު ނޭޓޯގައި ހިމެނޭ ތުރުކީވިލާތަކީ އިސްލާމީ ދުނިޔޭގައިވެސް މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ.