ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދަށް، ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއްގެ އެންޑޯސްމަންޓް ލިބިވަޑައިގެންފިއެވެ. 
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންގމޭޓަށް ދީނީ ވަރަށް ގިނަ ޢިލްމުވެރިންގެ ތާޢީދު އެބައޮތްކަމަށާއި، މާދަމާ އެކަން ހާމަކުރުމަށް ދީނީ ޢިލްމުވެރިންގެ ޚާއްޞަ ޕްރެސްކޮންފަރެންސެއް އޮންނާނެކަމަށެވެ. 
ޢަބްދުއްރަހީމް ވިދާޅުވީ، މިވަގުތު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ.ޝަހީމް މާދަމާ އެ މަޤާމުން އިސްތިއުފާދެއްވާ ޕީޕީއެމާއި ގުޅިވަޑައިގަންނަވާނެކަމަށެވެ. ރަނިންގމޭޓަކަށް ޝަހީމް އައްޔަންކުރުމުގައި ޕާޓީގެ މެންބަރެއްތޯ ނުބައްލަވާކަމަށައި، އެމަނިކުފާނަކީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ބޭފުޅެއްކަމަށެވެ.