ޚަބަރު

ނަޝީދުގެ އަތުން އެމް.ޑީ.ޕީގެ ބާރު ދިއުމުން ރާއްޖޭގެ ޑިމޮކްރަސީ ތަސައްރަފު ފުދިފައިވާ މަންޒަރު ދަނީ ފެންނަމުން - މޫސާ މަނިކު


އެމް.ޑީ.ޕީގެ ބާރު ރައީސް ނަޝީދުގެ އަތުން ދިއުމުން ރާއްޖޭގެ ޑިމޮކްރަސީ ތަސައްރަފު ފުދިފައިވާ މަންޒަރު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ.

ރައީސް ޔާމީން ކެމްޕެއިން ޓީމުން ގދ. ތިނަދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޖިލީހުގެ ނާއިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، މީގެ ކުރިން ސިޔާސީ ގޮތުން ތަފާތު ފިކުރުތަކުގެ ރައްޔިތުން ދިރިއުޅޭ ރަށްރަށަށް ސިޔާސީ މީހުން އެރުމުން މީހުންނާއި ދިމާކޮށް ޒުވާކުރުން ފަދަ ސަގާފަތްތައް މިހާރު ފެންނަމުން ނުދާކަމަށް. ތިނަދޫ އަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަމުން މޫސާ މަނިކުވިދާޅުވީ، ތިނަދޫ އަކީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަރުކާރު ހިންގާ މައިޕާޓީ ޕީ.ޕީ.އެމް އަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރަށެއްކަމަށާއި، އެރަށުން މީގެ ކުރިން ފެންނަ ސަގާފަތްތައް މިހާރު ފެންނަމުން ނުދާކަމަށް.

"
" ވަރަށް އޮމާން، އަމާންކޮށް މިދަނީ އަޅުގަނޑުމެން ހުރިހާ ޕާޓީތަކުގެ މެންބަރުންނަށް ޝުކުރު އަދާކުރަން. މަގުމަތީގައި މީހަކު ހިންހަމަނުޖެހިގެން އެއްވެސް އެއްޗެއް ނުބުނޭ. މިއަދު މިފެންނަނީ ރާއްޖޭގައި މެޗުއަރ ޑިމޮކްރަސީއެއް އޮތްތަން. މީގެން މިފެނިގެންދަނީ އެމް.ޑީ.ޕީގެ ބާރު ރައީސް ނަޝީދުގެ އަތުން ދިޔައިމަ ރައީސް ނަޝީދުގެ އޯޑަރު ތަންތަނަށް ނުހިނގާކަން. ދެން އަޅުގަނޑު މިހެން ބުނީމާ އެނގިވަޑައިގަންނެ މީ ވަރަށް މުހިންމު ވާހަކައެއްކަން ކަންކަން ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށްވެސް ކޮންމެސްވަރަކަށް އެނގޭތީ"
މުސާ މަނިކު

މޫސާ މަނިކު ވިދާޅުވީ، ތިނަދޫ އޮތީ ރައީސް ޔާމީން 2018 ކެމްޕެއިނަށް ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށާއި، ރައީސް ޔާމީން ތިނަދޫއަށް ގެންނެވި ތަރައްޤީއާއެކު ރަށުގެ ތައްޔިތުން ތިބީ ވަރަށް ބޮޑަށް އުފަލުންކަމަށެވެ.
ތިނަދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި އެރަށުގެ ކެމްޕެއިން ޓީމްތަކުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވަމުންދާކަމަށާއި، އަންނަ ރިޔާސީ އިންތިޚާބު އެއްލަކިން ރައީސް ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތް ވަރުގަދަވެ އެކަން ކާމިޔާބުވާނެކަމަށް ވިދާޅުވާ ވިދާޅުވުން މޫސާ މަނިކު ވަނީ މިއަދުވެސް ތަކުރާރު ކުރައްވާފައެވެ.