ޚަބަރު

އިމްރާން ގޭ ބަންދަށް ބަދަލުކޮށްފި



ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓުގެ ރައީސް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ އިމްރާން ގޭ ބަންދަށް ބަދަލުކުރީ މިއަދުގެ ވަގުތެއްގައިކަމަށާއި އިމްރާން ގެއަށް ބަދަލުކުރީ އެނާ ހުރި ގޮޅި މަރާމާތުކުރުމަށްކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅުވެސް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވެއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ އިމްރާން 12 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2015ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ޓެރަރިޒަމަށް މަގުފައިހިވާގޮތަށް ވާހަކަދެއްކި ކުށް ސާބިތުވެގެންނެވެ.