ކުޅިވަރު

ދެފަހަރަށް އެއްވަރުކޮށް، ސެނަގާލް އަތުން ޖަޕާން ޕޮއިންޓެއް ހޯދައިފި


ދެފަހަރު މަތިން އެއްވަރުކޮށް، ޖަޕާނުން ސެނަގާލް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ސެނަގާލް ދެފަހަރު މަތީން ކުރި ހޯދާފައިވަނިކޮށް، ޖަޕާން ވަނީ ނަތީޖާ ހަމަހަމަކޮށް ދެވަނަ ބުރުގެ ފުރުޞަތު ދަމަހައްޓާފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސެނަގާލުން ކުރި ހޯދީ 11 ވަނަ މިނިޓްގައެވެ. ލަނޑު ޖަހައިދިނީ މާނޭއެވެ. ޖަޕާނަށް ފުރަތަމަ ނަތީޖާ ހަމަހަމަކޮށްދިނީ އިނޫއީއެވެ. ދެވަނަ ހާފްގައި ސެނަގާލުން ދެވަނަ ފަހަރަށް ލީޑް ހޯދީ 19 އަހަރުގެ ޑިފެންޑަރ މޫސާ ވަގޫއީ ޖެހި ލަނޑުންނެވެ. އޭގެ ކުރިން ލީޑް ހޯދަން ޖަޕާނަށް ދެތިން ފުރުޞަތެއް ލިބި ބޭކާރުވިއެވެ. ޖަޕާނުން ދެވަނަ ފަހަރަށް ލީޑް ފުޅާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ހޮންޑާ ޖެހި ލަނޑުންނެވެ.

މިނަތީޖާއާއެކު ދެޓީމްވެސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. މިގްރޫޕްގައި ޕޮއިންޓެއް ނުލިބި އޮތް ކޮލަމްބިޔާއާއި ޕޮލެންޑް ވާދަކުރާ މެޗު މިރޭ އެގާރަ ޖަހާއިރު ފަށާނެއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކަށްދާއިރު މިގްރޫޕުން ކުރީގައި އޮންނާނީ ސެނަގާލްއާއި ޖަޕާނެވެ.