ދުނިޔެ

12 ގަޑިއިރަށް ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ





 


ބާރަ ގަޑިއިރަށް ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިސްރާއީލާއި ހަމާސް ޖަމާޢަތުން އެއްބަސްވެއްޖެއެވެ.


 
ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނީ ޣައްޒާގައި އިންސާނީ އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެއެހީ ފޯރުކޮށް ދިނުމުގެ ފުރުޞަތު ދިނުމަށް ކަމަށް ޚަބަރު ލިބެއެވެ.


 
މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ ޣައްޒާ ގަޑިން ހެނދުނު އަށެއް ޖަހާއިރުއެވެ.


 
ޖުލައި 8 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ލާއިންސާނީ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 800 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. މީގެ ތެރޭގައި ގިނައީ ފަލަސްތީނުގެ އާއްމު ރައްޔިތުންނެވެ. މި މީހުގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނެއެވެ.


 
 


ހަމާސްގެ ރޮކެޓް ހަމަލާތަކާ ބަޑީގެ ހަމަލާތަކުގައި މަރުވެފައިވަނީ އިސްރާއީލުގެ 38 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އިސްރާއީލު ސިފައިންގެ މީހުން ކަމަށް ޚަބަރު ލިބެއެވެ.