ޚަބަރު

ރައީސް ޔާމީނަށް ތަޢީދުކުރާކަން ހާމަކުރުމަށް އައްޑޫސިޓީގައި ސައިކަލް ބުރެއް ބާއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އައްޑޫ ސިޓީގެ ރައްޔިތުން ތާޢީދުކުރާކަން ހާމަކުރުމުގެ ގޮތުން، އެސިޓީގެ ގުޅިފައިވާ ރަށްތަކުގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި އިސްވެ ހަރަކާތްތެރިވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީިއާއި އެމްޕީއެލްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް އިބްރާހީމްއެވެ. އައްޑޫގެ ޒުވާނުން އިސްނަގައިގެން، އައްޑޫސިޓީ ފޭދޫއާއި މަރަދޫ ފޭދޫއާއި މަރަދޫގައި ބޭއްވި މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އައްޑޫސިޓީގައި ރައީސް ޔަމީނަށް ތާޢީދުއޮތްކަން ހާމަކޮށް، ރައީސް ޔާމީންގެ ކެމްޕެއިނަށް ތަޢީދުކުރުމުގެ ގޮތުން ބޭއްވި ހަރަކާތާއި ގުޅޭގޮތުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީި ވިދާޅުވީ އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން މިކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވާކަމަށެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތަށް ޒުވާނުންގެ ތަރްހީބު ވަރަށް ބޮޑަށް ލިބގެން އެބަދޭ. އެހެން ކަމުން 2018ގައި ރައީސް ޔާމީން އިންތިހާބު ކުރުމަށްޓަކައި އައްޑޫސިޓީގެ ވަރަށް ގިނަ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެންވީމާ އިރާދަ ކުރެއްވީޔާ، އަޅުގަނޑުމެންގެ ޤާބިލްކަން ހުރި މިންވަރަކުން ރައީސް ޔާމިން އައްޑޫސިޓީ އާއި މުޅި ދިވެހިރާއްޖެ ތަރައްގީ ކުރުމައްޓަކައި އެކި އެކީން އަވަދިނެތި ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އަޅުގަނޑުމެން އިސްނައިގައިގެން މި އަތޮޅުގަ ރައީސް ޔާމިން އެއްބުރުން ހޮވުމަށް މަސައްކަތް ކުރާނަން. " އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މިއަދު ހަވީރު 4:30 އިން 5:30 ހަމައަށް ކުރިއަށްގެންދިޔަ މި ސައިކަލް ބުރު ފަށާފައިވަނީ ފޭދޫ ބަނދަރު ސަރަހައްދުންނެވެ. މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ އައްޑޫ ޒުވާނުން ބައިވެރިވިއެވެ. ޕީއެސްއެމްއާއި ވާހަކަދައްކަމުން އައްޑޫ ޒުވާނުން ބުނީ 2018ގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށެވެ.

"މި ހަރަކާތަކީ ރައިށް ޔަމީނަށް ތާއީދުއިތްކަން ހާމްކުރުމަށްޓަކައި އައްޑޫގެ ޒުވާނުން އިސްނަގައިގެން ބޭއްވި ހަރަކާތެއް. އަޅަގަނޑު ވަރަށް ބޮޑަށް ޔަގީންކަނން އެބައޮތް 2018 ވަނަ އަހަރު ރައީސް ޔާމީން މި އިންތިހާބް ކާަމިޔާބް ކުރައްވާނެކަމުގެ. ސަބަބަކީ ރާއްޖެ ގެ ތަރައްގީއަށް ރައީސް ކުރި ކަންތައްތަކާއި ކޮށްދެއްވަމުންދާ ކަންތައްތަކަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ގާތުން ބައްލަވާ ކަމެއް. އައްޑުސިޓީއަށް ބަލާއިރުވެސް ނަރުދަމާގެ މަސައްކަތާއި، ފެނާއި، މިކަހަލަ އެތައް ގިނަ އަސާސީ ޚިދްމަތްތައް ފުއްދަވައިދެއްވަފައިވޭ. އަޅުގަނޑުމެން ބޭނުންވަނީ އަދިވެސް ތަރައްގީ. މި ތަރައްގީ އަޅުގަނޑުމެނަށް ގެނެސްދެވޭނީ ރައީސް ޔަމީނަށް ކަމަށް އެއްވެސް ޝައްކެއް ނުކުރަން" އައްޑޫ ޒުވާނަކު ބުންޏެވެ.

ރައީސް ޔާމީން 2018 ގެ ކެމްޕެއިންގެ ހަރަކާތްތަކެއް އިއްޔެ މާލޭގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މޭލޭގެ ގެތަކަށް ޒިޔާރަތްކޮށް ރައްތިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލުވަނީ ހޯދާފައެވެ.