ޚަބަރު

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ދަޢުވަތު 7 ޤައުމަކަށާއި، ބައިނަލްއަޤްވާމީ 3 ޖަމިއްޔާއަކަށް


ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ދަޢުވަތު ހަތް ޤައުމަކަށާއި، ބައިނަލްއަޤްވާމީ 3 ޖަމިއްޔާއަކަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ދަޢުވަތު ދީފައިވަނީ ޔޫރަޕްގެ ދެ ޤައުމަކަށާއި ސާކް ސަރަޙައްދުގެ 2 ޤައުމެއްގެ އިތުރުން އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ދެ ޤައުމަކަށާއި އަރަބި ޤައުމަކަމަށް ކަމަށެވެ. އަދި އިންތިޚާބް އޮބްޒާވްކުރުމަށް ބައިނަލްއަޤްވާމީ 3 ޖަމިއްޔާއަކަށް ދަޢުވަތު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަންޖެހޭ ކަންކަން އިލެކްޝަންސް ކޮމިޝަނުން ދަނީ ހަމަޖައްސާ، އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އިންތިޚާބުގެ މޮނިޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގައެވެ.