ކުޅިވަރު

ކޮމްޕެނީއަށް ގްރޫޕް ސްޓޭޖުގައި ނުކުޅެވުނަސް ޓީމާއެކު ބަހައްޓަނީ!


ބެލްޖިއަމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނުކުޅެވޭނެ ކަމަށާއި ނަމަވެސް ޓީމުގައި އޭނާ ބަހައްޓަން ނިންމައިފި އެވެ.

ކޯޗު ޖެރާޑޯ މާޓިނޭޒް ބުނީ މީގެ ދެ ހަފުތާ ކުރިން ޕޯޗުގަލްއާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގައި ކޮމްޕެނީ ކޮމްޕެނީގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާ ގޯސް ކަމަށެވެ.

"އޭނާ އަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރުމެން ނިންމީ އޭނާ އަށް ގްރޫޕް ސްޓޭޖުގައި ނުކުޅެވުނަސް ބަހައްޓަން. މިހާރުތިބި 23 ކުޅުންތެރިންނަށް ބަދަލު ނުގެންނަން،" ކޯޗު ބުންޏެވެ.

ކޮމްޕެނީ އަށް އަނިޔާވެފައިވާއިރު ބެލްޖިއަމްގެ ބާސެލޯނާ ޑިފެންޑަރު ތޯމަސް ވާމަލަން ވެސް މުޅިން ފިޓެއްނޫނެވެ.
މިހެންވެ ޕެނަމާއާ ދެކޮޅަށް މިރޭ ޓީމު ނަގާއިރު ޑިފެންސްލައިން ސެޓްކުރަން ކޯޗަށް ވަނީ ދަތިވެފަ އެވެ.