ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރކަމަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ކައިޒިން ހަމަޖައްސައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހަބޭސް އީދު ޝޯގެ ތެރެއިން ކައިޒީންއާ އެމްބެސެޑަރކަމުގެ ލިޔުން ހަވާލުކޮއްދެއްވީ ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ބްރޭންޑް މެނޭޖަރ އަހުމަދު ޝިޔާމެވެ.
ނޯޓް ކޮސްމެޓިކްސްއަކީ ރަލާއި، އޫރު އަދި ކެންސަރަށް މަގުފަހިވާފަދަ ގޮތްނޭގޭ ކެމިކަލްތަކުން އެއްކިބާވެ ޙަލާލު ސެޓްފިކެޓްގެ ދަށުން ކަނބަލުންގެ ނާޒުކު ހަމަށް ފައިދާހުރި ޤުދުރަތީ މާއްދާތަކަކުން އުފައްދާ ޔޫރަޕްގެ އުފެއްދުމެއްކަމަށް ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ބްރޭންޑް މެނޭޖަރ އަހުމަދު ޝިޔާމް ވިދާޅުވިއެވެ. އަދި މި ބްރޭންޑްގެ ކޮލިޓީ އުފެއްދުންތަށް އާންމުންނަށް ވަރަށްވެސް ހެޔޮ އަގެއްގައި ލިބްނެ ހުންނާނެކަންވެސް ޝިއާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ޝޯގެ ތެރެއިން ވަނީ ނޯޓް ކޮސްމެޓިކްސް އޮންލައިންގެ އިތުރުން ނޯޓް ސީރީސްގެ އެންމެ ފަހުގެ ޕްރޮޑަކްތައްވެސް ލޯންޗުކޮއްފައެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސް އޮންލައިން އަދި ޕްރޮޑަކްޓްތަށް ލޯންޗްކޮއްފައިވަނީ ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ ކައިޒިންއެވެ.
މި ޕްރޮޑަކްޓްތަށް ލޯންޗްކޮއްދެއްވުމައްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ކައިޒިން ބުނީ ނޯޓްގެ ޕްރޮޑަކްޓްތަކަކީ ކަނބަލުންގެ ހަންގަނޑާ ގުޅޭ އުފެއްދުންތަކެއްގެ ބްރޭންޑެއްގެ އެމްބެސެޑަރަކަށް ވެވުމުން ވަރަށް އުފާވާކަމަށެވެ.
އަލަށް ތަޢާރަފްކުރި ނޯޓް ސީރީސްގެ ޕްރޮޑަކްޓްތަކުން ކަނބަލުންގެ މޫނުގައި ބިހިނެގުމުން ކުރާ އަސަރުތަށް ކުޑަކޮއްދޭނެކަމަށް ނޯޓް ކޮސްމެޓިކްސް މޯލްޑިވްސް އިން ބުނެއެވެ.