ކުޅިވަރު

ހިގުއައިން ބެންޗަށް، އަގުއެރޯ ފުރަތަމަ 11 އަށް


އައިސްލޭންޑާ ދެކޮޅަށް ވޯލްޑް ކަޕުގައި ކުޅުމުގެ އެއް ދުވަސް ކުރިން އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފުރަތަމަ 11 އިއުލާނުކޮށްފިއެވެ.

ކޯޗު ޖޯޖް ސަމްޕޯލީ ފޯވަޑުންނަށް ނަގާފައިވަނީ ކެޕްޓަން ލަޔޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ. ބެންޗުގައި ތިބޭ ދެ ފޯވަޑުންނަކީ ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިން އާއި ޕައުލޯ ދީބާލާއެވެ.
މި މެޗުގައި ހާވިއާ މަޝެރާނޯ ކުޅުވާނީ މެދުތެރެ އަށެވެ.

"އަހަންނަށް ހީވަނީ މިއީ އެންމެ ރަނގަޅު 11ހެން މެޗު ފަށަން. ފަހުން އަހަރުމެންނަށް ބަދަލުތަކެއް ގެނެވިދާނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ލަޔޮނަލް މެސީ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، މިހެންވެ އެއްވެސް ޕްރެޝަރެއްނެތި އޭނާގެ ކެޕްޓަނަށް މެޗުގައި ކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މެސީ އަށް ކުލަބުގައި ދައްކާ ކުޅުން ޤައުމީ ޓީމުގައި ވެސް ދެއްކޭނެ. އޭނާ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. އެއީ އަހަރުމެންނަށް ލިބޭ އިތުބާރެއް. އަހަރެން އޭނާއާ ދޭތެރޭ ޔަގީންކަން ބާއްވަން،" ކޯޗު ބުންޏެވެ.