ޚަބަރު

ޢީދު ފާހަގަކުރަން ހައުސިން މިނިސްޓްރީއިން ޚާއްސަ ހަރަކާތްތަކެއް


ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން އިސްނަގައިގެން ޚާއްސަ ޙަރަކާތްތަކެއް މާލެސިޓީގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މިއަދު ހެނދުނު ރަސްރަނި ބަގީޗާގައއި އޮތް ރައީސްގެ ދެކަނބަލުންގެ ޢީދު ސަލާމްކުރުމަށްފަހު އެސަރަޙައްދުގައާއި، އިސްކަންދަރު މައިޒާނާއި ރަސްފަންނުގައި އީދު ހަދިޔާ ބަހާފައިވެއެވެ.

ހައުސިން މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި އެ މިނިސްޓްރީއާއި އެކި ކުންފުނިތަކާއި ގުޅިގެން ފިތުރު އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ އިތުރުންވެސް ބައެއް ޙަރަކާތްތަށް މިއަދުގެ ހަވީރާއި ރޭގަނޑުވެސް ކުރިއަށްދާނެއެވެ.

މިގޮތުން މިއަދު ހަވީރު 4:30 ހުގައި ރައިވެރިބޭ މައިޒާނުގައި އީދު އުފާގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާއިރު، ރާއްޖޭގެ ފުރަތަމަ ފްރެންޗައިސް ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ފަސްޓް ރަނަރަޕް ޝަލަބީގެ ޚާއްސަ އައިޓަމްތަކެއްވެސް މި އީދުއުފާ ހަރަކާތުން ފެނިގެންދާނެކަމަށް ހައުސިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އަދި މީގެ އިތުރުން ދިރާގާގުޅިގެން ބާއްވާ ޚާއްސަ ލައިޓް ޝޯއެއް މިރޭގެ 08:00 ގައި ސުނާމީ ބިނާ މައިޒާނުގައި އޮންނާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.