ކުޅިވަރު

ސަލާހު ފިޓްވެއްޖެ، މާދަމާގެ މެޗުގައި ކުޅޭނެ!


ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިޞްރު ކުޅޭ ފުރަތަމަ މެޗަށް ފޯވާޑް މުޙައްމަދު ސަލާހު މުޅިން ފިޓްވެއްޖެއެވެ.

މާދަމާ ހަވީރު އުރުގުއޭއާ ވާދަކުރާ މެޗަށް ސަލާހު ފިޓްވެފައިވާކަން ކޯޗު ހެކްޓަރ ކޫޕަރ ވަނީ ކަށަވަރުކޮށްދީފައެވެ. މިޞްރުގެ ސަޕޯޓަރުންނަށް އަދި ސަލާހުގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން މިލިބުނީ ޗެމްޕިއަންސްލީގު ފައިނަލްގައި ރެއާލްމެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގެ ފުރަތަމަ ހާފްގައި އަނިޔާވެގެން ބޭލުމުން ވަރލްޑްކަޕްގައި ކުޅެވޭނެކަމާމެދު ސުވާލުއުފެދިފައިވަނިކޮށެވެ.
އޭގެ ފަހުން ސަލާހު ކުޅޭ ފުރަތަމަ މެޗަކަށްވެސް ވާނީ މާދަމާ އުރުގުއޭއާ ވާދަކުރާ މެޗެވެ. ކޯޗު ބުނީ ސަލާހު ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި ކަމަށާއި، އޭނާ ރިކަވާ ވަމުން އައީވެސް ވަރަށް އަވަހަށްކަމަށެވެ. އަދި މިހާރު މަސައްކަތްކުރަނީ ސަލާއަށް އިތުބާރު ހޯދައިދިނުމަށްކަމަށާއި، މެޗުގައި ކުޅުމާއި ނުކުޅުމުގެ އިހުޠިޔާރު ޑޮކްޓަރުން ދީފައިވަނާ ސަލާއަށްކަމަށެވެ.

" މެޗުގައި ކުޅުމާއި ނުކުޅުމުގެ އިހުތިޔާރު ޑޮކްޓަރުން ދީފައިވަނީ ސަލާއަށް. އަހަންނަށް ސަލާހު ވަރަށް ރަނގަޅަށް އިނގޭ. އަހަންނަށް ޔަޤީން އޭނާ ބިރު ނުގަންނާނެކަން " ކޯޗު ބުންޏެވެ.

ޕްރެކްޓިސްގައި ލިބުނު އަނިޔާއަށްފަހު ޑިފެންޑަރ އަލީ ގަބްރުވެސް ވަނީ ފިޓްވެފައެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ ރަޝިޔާއާއި އިރާން. އެދެޓީމް ވާދަކުރި މެޗު 5-0 ން ކާމިޔާބުކުރީ ރަޝިޔާއެވެ.

މިޞްރާއި އުރުގުއާއީ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:00 ޖަހާއިރުއެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީ ޝޯވ 4:00 ގައި ފަށާނެއެވެ.