ކުޅިވަރު

ވޯލްޑް ކަޕް ހުޅުވާ މެޗަށް އާޖެންޓީނާގެ ރެފްރީއެއް


ރަޝިޔާގައި މާދަމާ ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗަށް އާޖެންޓީނާގެ ރެފްރީ އެއް ހަމަޖައްސައިފިއެވެ.

ރަޝިޔާ އާއި ސައޫދީ އަރަބިއާގެ މެޗުން ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ރެފްރީ އަކީ ނެސްޓާ ޕިޓާނާ އެވެ. މިއީ އޭނާގެ ދެ ވަނަ ވޯލްޑް ކަޕެވެ.
ނެސްޓާ ޕިޓާނާ އަކީ 1978ގެ ފަހުން ވޯލްޑް ކަޕުގައި ދެ ވަނަ ފަހަރަށް ރެފްރީކަން ކުރާ އާޖެންޓީނާގެ ފުރަތަމަ ރެފްރީވެސްމެ އެވެ. އޭނާގެ އެހީތެރިންނަށް ތިބޭނީ އާޖެންޓީނާގެ ހުއާން ޕަބްލޯ ބެލާޓީ އާއި ހާނަން މައިޑާނާ އެވެ. ބަދަލު ރެފްރީ އަކީ ބްރެޒިލްގެ ސަންދްރޯ ރިކީއެވެ.

ރަޝިޔާ ވޯލްޑް ކަޕް ވެގެންދާނީ ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުންކުރާ ވޯލްޑް ކަޕަށެވެ. މި ގޮތުން ފުރަތަމަ މެޗަށް ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިޓަލީގެ މަސިމިލާނޯ އިރާޓީ އާއި މައުރޯ ވިގިލިއާނޯ އަދި ކާލޮސް އަސްޓްރޯޒާގެ އިތުރުން ޑެނިއެލޭއެވެ.