ޚަބަރު

ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ޖަނަރޭޓަރު ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދީފި


ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ޖަނަރޭޓަރު ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ލ. ގަމަށް 600 ކިލޯ ވޮޓުގެ ޖަނެރޭޓަރަކާއި، ތ. ގުރައިދޫއަށް 600 ކިލޯ ވޮޓުގެ ޖަނެރޭޓަރަކާއި، ޅ. އޮޅުވެލިފުއްޓަށް 160 ކިލޯ ވޮޓުގެ ޖަނެރޭޓަރެއް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު މި ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ.މީގެ އިތުރުން ދ. މީދޫއަށް 240 ކިލޯ ވޮޓުގެ ޖަނެރޭޓަރެއް ގެންގޮސް އިންސްޓްލްކޮށް ނިމި މިހާރު ރަށަށް ކަރަންޓު ދޫކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، ގދ. މަޑަވެލީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ސިންކޮރޮނައިޒް ޕެނަލް ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.