ޚަބަރު

ސިހުރު ހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް - ޝައިޚް މޫސާ އަންވަރު ޙަސަން


ސިހުރު ހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އަދި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އައްޝައިޚް މޫސާ އަންވަރު ޙަސަން ވިދާޅުވެއްޖެއެވެ.

އައްޝައިޚް މޫސާ އަންވަރު ޙަސަން މިހެން ވިދާޅުވީ، ރަމަޞާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. ''ސިހުރު ހާހުރަ'' މިމައުޞޫއަށް ވާހަކަދައްކަވަމުން އައްޝައިޚް މޫސާ އަންވަރު ޙަސަން ވިދާޅުވީ، ސިޙުރު ހަދާ މީހެއް ނުވަތަ ފާލު ބަލާ މީހެއްގެ ގާތަށްގޮސް، ކަމެއް ބަލައިދިނުމަށް އެދެފި މީހާގެ އަޅުކަން 40 ދުވަސް ވަންދެން މާތް ﷲ ބަލައިނުގަންނަވާނެ ކަމަށެވެ. އަދި ސިހުރު ހެދުމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އޭނާ ފަހަގަކުރެއްވިއެވެ.

މިރޭގެ އިޙްޔާ ފޯރަމުގައި، ޝައިޚް ޙަސަން ތައުފީޤް ވަނީ ސިހުރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ވާހަކަދައްކާފައެވެ. އެގޮތުން ޙައްޤުޤެ މަގަށް ރޫޖުއަވުމާއި ޤުރުއާނުގައި ހުރި ޝިފާގެ އާޔަތްތައް ކިޔުމާއި ޒިކުރުތަކާއި ދުއާތައް ކިޔުމަށާއި، ﷲ އަށް ތަޤުވާވެރިވުމުގެ ގޮތުން، ހެޔޮ އެއްޗެހި ކިޔުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އައްޝައިޚް ޙަސަން ތައުފީޤް އިތުރަށް ވިދާޅުވީ، ސިހުރަކީ އޭގައި އަސްލު ހިމެނޭ އެއްޗެއް ކަމަށާއި އެކަމުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ ފަސް ވަގުތު ނަމާދު ޤާއިމްކުރުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ސިހުރަކީ ކޯއްޗެއް ކަމާއި، ސިހުރުގެ ވައްތަރުތަކާއި، ސިހުރުވެރިން ދެނެގަންނާނެ ގޮތްތަކާއި ސިހުރު ހަދަން ބޭނުންކުރާ އުކުޅުތަކާބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.