ޚަބަރު

ގުގުރުމާއި އެކު ބޯކޮށްވާރޭވެހި ބައެއް ރަށްތަކަށް އުދެއެރުން އެކަށީގެންވޭ - މެޓް އޮފީސް


ގުގުރުމާއި އެކު ބޯކޮށް ވާރޭވޭނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހއ އިން ފެށިގެން ލ އަތޮޅާއި ދެމަދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއްކަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މުސޫމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދިޔަވަރު އެންމެ ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމަކަށްވާތީ އެކަމާއި ދުރާލާ ތައްޔާތުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރއެވެ.

23 މެއި 2018 ގައި ރާއްޖޭގެ އެކިސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާ ގަޑިތައް

  • އުތުރުގެ ސަރަހައްދުތަކަށް 18:39 ގައި
  • މެދުތެރޭގެ ސަރަހައްދުތަކަށް 19:53 ގައި
  • ދެކުނުގެ ސަރަހައްދުތަކަށް 21:20 ގައި

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ.