ޚަބަރު

އިޙްޔާ ފޯރަމް މިރޭ އޮންނާނެ



ރޯމަޞާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް މިރޭ އިސްލާމީ މަރުކަރުޒުގައި އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިޙްޔާ ފޯރަމްގައި މިރޭގެ މަޢުލޫމާތު ދެއްވާނީ'' ޖިހާދު '' މިމައުޞޫއަށް ކަމަށެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވަޑައިގަންނަވާނީ ފަތުވާ މަޖިލީހުގެ ރައީސް ފަލީޞަލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާޙީމާއި، ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޒު އިބްރާޙީމް ރަޝީދު މޫސާއެވެ. ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭ 930ގައެވެ.
އިޙްޔާ ފޯރަމް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ވިލޭރެއާ ހުކުރު ވިލޭރޭގައެވެ.