ޚަބަރު

އައިޑޮލް ސީޒަން 3 : ޓޮޕް 3 ގައި 3 އަންހެނުން


މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 ގެ ގަދަ 3 ބައިވެރިންގެ ގޮތުގައި 3 އަންހެން ބައިބވެރިން ހޮވިއްޖެއެވެ.

އައިޑަލް ސީޒަން 3 ގެ ފުރިހަމަ ނަތީޖާ ޢިއުލާންކޮށް، މިފަހަރުގެ އައިޑަލްއަކަށް ހޮވޭ ބައިވެރިޔަކު މިރޭ ކުރިއަށްދާ ގްރޭންޑް ފިނާލޭގައި ޢިއުލާންކުރާނެއެވެ. މިރޭގެ ފިނާލޭ ޝޯވްގެ ވަކި ހިސާބަކުން ޢިއުލާންކުރި ގަދަ 3 ގެ ތެރޭގައި ހިމެނުނީ އައިޝަތު އަޒަލް އަލީ ޒާހިރާއި މަރިޔަމް މައިޝާއާއި އާމިނަތު ސައިނާ މުޙައްމަދު ރަޝީދެވެ.

މިއީ މޯލްޑިވިއަން އައިޑޮލްގެ 3 ވަނަ ސީޒަން ނިމިގެންދާއިރު، ގަދަ 3 ގައި ހުސް އަންހެނުން ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 ގެ ގްރޭންޑް ފިނާލޭ މިހާރު ޕީއެސްއެމްގެ ޓީވީއެމްއިން ދައްކަމުންދާއިރު، ރާއްޖޭގެ މަޝްހޫރު އެތައް މިއުޒީޝަނުންގެ ފުރިހަމަ ހުށަހެޅުންތައް ދަނީ ހުށަހަޅަމުންނެވެ.

އިއްބެ

މިއީ މިޤައުމަށް ޖެހިފައިވާ ބޮޑު ވަބާއެއް. ތިޔަބޭފުޅުންވެސް މިފަދަ މުންކަރާތްތައް ހުއްޓާފައި ދީނީ ކަންކަމަށް ބާރުއަޅާ ޕްރޮގްރާމްތަކާއި ޝޯވތައް ބޭއްވުމުން މާގިނަ ބައެއްގެ ލޯތްބާއި ތަރުޙީބު ލިބޭނެއެވެ. ތިޔަބޭފުޅުންނަށް ގިނަފަހަރު ވާގޮތަކީ ކާފަރުންގެ ހަރަކާތްތައް ހިންގާ ފެތުރުމަށް އެމީހުންނަށް އެއްބާރުލުން ދިނީމަ ލިބޭ ލާރިގަނޑު ފެނިފައި ހަރާމް ކަންކަމަށް ފަސޭހައިން ދެވޭގޮތް ވަނީއެވެ. މިފަދަ ނުބައި ޢަމަލުތައް ހުއްޓާލުމަށް ހަރުކަށި އިބާރާތުން ގޮވާލަމެވެ.