ޚަބަރު

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ


  • ސްޓެލްކޯއިން ދަނީ ދިމާވި މައްސަލަ ބަލައި، ކަރަންޓު ދިނުމަށް މަސައްކަތްކުރަމުން

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 ހާ ކަންހާއިރުއެވެ.

މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ.