ޚަބަރު

ރަޝްމުގެ މަރުގެ މައްސަލަ ނިންމައި ޕީޖީއަށް ފޮނުވައިފި


އައްޑޫ ލިންކް ރޯޑުގައި މިިދިޔަ މާރޗު މަހު ސައިކަލަކާއި ކާރެއް ޖެހި ޒުވާނަކު މަރުވި މައްސަަލައިގެ ތަހުޤީޤު ނިންމާ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފުލުހުން އެދިފައިވަނީ ކާރު ދުއްވަން އިން މީހާގެ މައްޗަށެވެ.

މި އަހަރު މާރޗްމަހު 10 ވަނަ ދުވަހު އައްޑޫސިޓީ ލިންކު ރޯޑުގެ ފަޅުރަށްތަކުގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ ސ. ހިތަދޫ ނޫމުގުމާގޭ އުމުރުން 28 އަހަރުގެ މުހައްމަދު ރަޝްމު ރިޔާޒުއެވެ. މި އެކްސިޑެންޓްގައި މި ޒުވާނާއަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރުމަށް ފަހު ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 18 ވަނަދުވަހުއެވެ.