ޚަބަރު

"ސިފައިންގެ ޢާއިލީ ހަވީރު 2018" މިއަދާއި މާދަމާ ހަވީރު ރަސްފަންނުގައި އޮންނާނެ


ދިވެހި ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ސިފައިންގެ ޢާއިލީ ހަވީރު 2018" މިއަދު އޮންނާނެއެވެ.

މި ހަވީރު އޮންނާނީ މިއަދާއި މަދާމާ ހަވީރު 4 އިން 6 އަކަށް މާލޭ ރަސްފަންނު ސަރަޙައްދުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް އާއްމުކޮށް ހުޅުވާލާއިގެން ކުރިއަށްގެންދާ މި ހަވީރުގައި އެކި އުމުރުފުރާގެ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، މޫދުގެ ބައެއް ކުޅިވަރުތައްވެސް ކުރިއަށްދާނެއެވެ. އަދި މި ހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހާއްސަ ހަދިޔާއެއް ލިބިގެންދާނެކަމަށްވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.

މި ހަވީރަކީ، ސިފައިންގެ ޢާއިލާތަކުގެ އިތުރުންވެސް، އާއްމުންނަށް އެމީހުންގެ ތުއްތުކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަވީރެކެވެ. ސިފައިންގެ މަސައްކަތްތައް އާއްމުންނަށް ފެންނާނޭހެން ތަފާތު ސްޓޯލްތަކާއެކު ކުރިއަށްގެންދާ މި ހަވީރުގައި، ބަޑިޖެހުމަށް ޙާއްސަ ސްޓޯލެއްވެސް ހުންނާނެއެވެ.