ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށް އެރި އުޅުނު 2 ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށްއެރިއުޅުނު 2 ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށްއެރި އުޅުނު 3 ކުއްޖަކު ގެއްލިގެން ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން އެ ކުދިން ހޯދުމަށް އެމްއެންޑީއެފްގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން މިހާތަނަށް ކުރި މަސައްކަތުން އެތަނުން އެއް ކުއްޖަކު ފެނިފައިވާކަމަށެވެ. އަދި މި ކުއްޖާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާކަމަށާއި، އެ ސަހަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންވެސް އެކުދިން ހޯދުމަށް ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން މައުލޫމާތްދެއެވެ.

ފުލުހުން ބުނީ އެ ސަރަހައްދަށް މޫދަށް އެރި އުޅުނު 3 ކުއްޖަކު ގެބިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މެންދުރު 12:10 ހާއިރުކަމަށެވެ.