ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރު ލ.އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައިފި


އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް ލ.އަތޮޅުގެ ބައެއް ސްކޫލުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒަށާއި، މާވަށު ސުކޫލަށް ޒިޔާރާތްކުރައްވައިފިއެވެ.

މި ދަތުރުފުޅަކީ ރައްޖޭގެ ސުކޫލުތަކުގެ ޙާލަތު ބައްލަވައިލެއްވުމަށާއި، އަލަށް ތަންފީޒުކުރަން ފެށި ޤައުމީ މަންހަޖު، ތަންފީޒުކުރަމުންދާ މިންވަރާއި، ސްކޫލްތަކުގައި ޓެބްލްޓް ބޭނުންކުރަން ފެށުމުގެ ކުރިން އެކަން ހިނގަމުންދާނެ ގޮތް ޙިއްސާކުރުމަށާއި، ޓީޗަރުންނާއި، ޕީޓީއޭއާއި ކައުންސިލްތަކާއި ބައްދަލުކުރުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި މިއަދު ފުރަތަމައަށް ވަޑައިގެންނެވީ ލ.އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އެކަމަނާ ލ.އަތޮޅު ތަޢުލީ މަރުކަޒަށް ވަޑައިގަތުމުން ހަތްކޮޅުގައި އެކަމާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މާވަށު ސކޫލުންވެސް އެކަމަނާއަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދެ ސްކޫލަށް ވަޑައިގެން މިނިސްޓަރ ވަނީ އެސްކޫލްތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާފައެވެ.

އަދި ތައުލީމީ ދާއިރާގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި، ތައުލީމީ ސިޔާސަޔުތައް ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި ޓީޗަރުންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރގެ ވާހަފުޅުގައި ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރުމާއި، ދަރިވަރުންނަށް ބޭނުންވާ ތައުލީމީ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.

އަދި ދެވަނަ ޓާމުގައި ޓެބްލެޓްބޭނުންކުރަން ފެށުމުގެ ކުރިން ޓީޗަރުން އެއަށް އަހުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތާއި، ގޫގުލް އެޑިއުކޭޓަރ އަކަށް ވުމަށް ޓީޗަރުންކުރަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ލ.މުންޑޫ ސްކޫލަށާއި، ލ.މާބައިދޫ ސްކޫލަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.