ތަޢުލީމު

ސްކޫލްތަކުގެ ޙާލަތު ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ލ އަތޮޅަށް


ލ އަތޮޅު ގަމު ހަމަދު ބިން ހަލީފާ އަލް ސާނީ އާއި އިހައްދޫ ސުކޫލުގެ އިސްވެރިންނާއި މުވައްޒަފުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

ލ އަތޮޅު ސްކޫލްތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ދެ ސްކޫލަށް ވަޑައިގެން އެތަންތަނުގެ އިސްވެރިންގެ އިތުރުން ޕީޓީއޭގެ މެންބަރުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޤައުމީ އާ މަންހަޖާއި، ސަރުކާރުން ކަނޑައަޅާފައިވާ ތައުލީމީ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތާއި ސްކޫލަށް ދިމާވެފައިިވާ ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެވަނަ ޓާމްުގައި ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިއިރު އެކަމަށްޓަކައި ކުރަމުންދާ މަސައްކަތައް މިނިސްޓަރ ވަނީ ޓީޗަރުންނާ ހިއްސާކުރައްވާފައެވެ..

ލ އަތޮޅަށް މިނިސްޓަރ އައިޝަތު ޝިހާމު ކުރައްވާ މި ދަތުރު ފުޅުގައި އެއަތޮޅު ތައުލީމީ މަރުކަޒާއި މާވަށު ސްކޫލާއި މާބައިދޫ ސްކޫލާއި، މުންޑޫ ސްކޫލުގެ އިސްވެރިންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ މެންބަރުންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.