ތަޢުލީމު

ޤައުމީ ޔުނިވަރސިޓީން ޖޫންމަހު ފަށާ ކޯސްތައް އިޢުލާންކޮށްފި


ހަތަރުހާހަށްވުރެ ގިނަ ފުރުޞަތާއެކު 80 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ ޖޫންގައި ފެށޭ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ފޯމްލުމުގެ ފުރުސަތު މި މަހުގެ ފަނަރައިން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. ޖޫންމަހު ފެށުމަށް ހަމަޖެހިފައި ކޯސްތަކަށް ބަލާއިރު، ފައުންޑޭޝަންއިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކަށް މިފަހުރުވެސް އިޢުލާންކޮށްފައިވެއެވެ.
ފެކަލްޓީ އޮފް އާރޓސް އިން، 11 ކޯހަކަށް ފުރުޞަތު ހުޅުވާލާފައިވާއިރު މީގެ ތެރޭގައި އެޑްވާނސްއިން ފެށިގެން މާސްޓާރސްއާ ހަމައަށް 400 ފުރުޞަތު ހުޅުވާލާފައިވެއެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ޑިޕްލޮމާއިން ފެށިގެން މާސްޓާރސް އާ ހަމައަށް 12 ކޯހަކަށް 1280 ފުރުސަތު ހުޅުވާލާފައިވެއެވެ. ފެކަލްޓީ އޮފް ސައިންސް އިންޖިނީރިން އެންޑް ޓެކްނޮލަޖީއިން ސެޓްފިކެޓް 3 ގެ ކޯހުން ފެށިގެން ބެޗެލާރސް އާއި ހަމައަށް 9 ކޯހަކަށް 390 ފުރުސަތު ހުޅުވާލާފައިވެއެވެ. ފެކަލްޓީ އޮފް ހެލްތް ސައިންސް އިން 10 ކޯހަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި އެޑްވާންސް ސެތްފިކެޓް އިން ފަށައިގެން މާސްޓާރސް އާހަމައަށް 305 ފުރުސަތު ހުޅުވާލާފައިވެއެވެ. ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން 7 ކޯހަކަށް 135 ޖާގަ ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ސެޓްފިކެލްޓް ލެވެލް އިން ފެށިގެން މާސްޓާރސް އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން 9 ކޯހަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި ސެޓްފިކެޓް 3 ފެށިގެން މާސްޓާސް އާ ހަމައަށް 570 ފުރުސަތު ހުޅުވާޅާފައިވެއެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލުން 6 ކޯހެއް ދެވަނަ ސެމިސްޓާގައި ފެށުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް އިން ފެށިގެން މާސްޓާރސް އާ ހަމައަށް 500 ފުރުސަތު ހުޅުވާލާފައިވެއެވެ. ސްކޫލް އޮފް ނާސިން ރަސްމީކޮށް ފެށިފަހުން އެތަނުން ދެވަނަ ޓާމުގައި 9 ކޯހެއް ފެށުމަށް ނިންމާފައިވެއެވެ. މީގެ ތެރޭގައި އެޑްވާންސް ސެތްފިކެޓް އިން ފެށިގެން މާސްޓާސް އާ ހަމައަށް 540 ފުރުސަތު ހުޅުވާލާފައިވެއެވެ. ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް އިން ސެޓްފިކެޓް ލެވެގެ 3 ކޯހެއް ޖޫންގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ކޯސްތަކަށް 90 ޖާގަ ހުޅުވާލާފައިވެއެވެ. މީގެ އިތުރުން ސެންޓަރ ފޮރ ފައުންޑޭޝަން އިން ސެޓްފިކެޓް ލެވެލްގެ އެކި ކޯސްތަކަށް 425 ޖާގަ ހުޅުވާލާފައިވެއެވެ.
އެމްއެންޔޫ އިން ޖޫން ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތައް އަތޮޅެތެރޭގެ ބައެއް ކެމްޕަސްތަކުގައި ހިންގުމަށް ހަމަޖެހިފައިވައިރު، މި ކޯސްތަކުގެ ތެރޭގައި ފުލްޓައިމް އަދި ޕާރޓް ތައިމް ކޯސްތައް ހިމެނެއެވެ.