ޚަބަރު

އައްޑޫސިޓީގައި ރޭ ހިނގި އެކްސިޑެންޓުގައި ޒަޚަމުވި މީހާ މަރުވެއްޖެ


އައްޑޫ ސިޓީ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމުވި އުމުރުން ދުވަސްވީ މީހާ މަރުވެއްޖެއެވެ.
އައްޑޫސިޓީ ފޭދޫ ޕެޓްރޯލް ޝެޑާއި ދިމާލުން ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ ބައިސްކަލް ދުއްވަން އިން އުމުރުން 82 އަހަރުގެ ފިރިހެނެކެވެ. މި މިހާ މަރުވެފައިވަނީ އެކްސިޑެންޓް ގައި ލިބުނު ޒަހަމުތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އައްޑޫ ސިޓީގައި ރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓް އިތުރަށް ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.